ބޮލީވުޑްގެ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމު ”ޖަވާން“ ގައި ދީޕިކާ ޕަޑުކޯން ކުޅުން ރޯލު އޭނާއަށް ދިނީ ޝާހް ރުކް ޙާން ކަމަށް ހާމަކޮށްފިއެވެ.
ފިލްމުގެ ޑައިރެކްޓަރު އަޓްލީ މި ފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިލްމުގެ އެ ރޯލަށް މީހަކު ބޭނުންވާ ކަމަށް ބުނުމާއި އެކު ޝާހް ވަގުތުން ދީޕިކާގެ ވާހަކަ ބުނެފައިވާ ކަމަށެވެ.
އަދި ދީޕިކާ ކައިރީ ފިލްމުގެ ވާހަކަ ބުނެ ދީޕިކާ އެއްބަސް ކުރުވީ ވެސް ޝާހް ކަމަށާއި ދީޕިކާ އަކީ ޝާޙްގެ ހުށައެޅުމެއް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ދީޕިކާގެ ރޯލު ކުޅެން ދީޕިކާ ބޭނުންވާ ދުވަހެއް ކަނޑައަޅައި އެ ދުވަހެއްގައި އޭނާގެ ޝޫޓިން ކުރިއަށް ގެންދިއުމަށް ވެސް ޝާހް ވަނީ ބުނެފައި ކަމަށެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ލިބުމުގެ މުހިއްމު ދައުރެއް ދީޕިކާ ވެސް ކުޅެފައިވާ ކަމަށާއި ފިލްމުގެ ކާމިޔާބީއާ މެދު އުފާވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ފިލްމު ނެރުން އިރުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި މި ފިލްމަކީ އަޓްލީ އޭނާ އެންމެ ސަޕޯޓު ކުރާ ތަރި ޝާހްއަށް ދިން ހަދިޔާއެއް ކަމަށް ވެސް އަޓްލީ ވަނީ ހާމަކޮށްފައެވެ.
މި ފިލްމު ސިނެމާ ތަކުގައި އެޅުވުމުގެ ކުރިން ވެސް ފިލްމު އަޅުވާ ޝޯ ތަކުގެ ޓިކެޓުތައް މީހުން ވަނީ ގަނެ ހުސްކޮށްފައެވެ. މި ފިލްމަށް 1500 ކްރޯޑް އިންޑިއަން ރުޕީސް އަށް ވުރެ ގިނައިން ފައިދާވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.