ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރު އޭނާގެ ކޮއްކޮ ކަރީނާ ކަޕޫރު ބޮލީވުޑްގައި ކާމިޔާބު ވުމުން ފަޙުރުވެރިވާ ކަމަށް ހާމަކޮށްފިއެވެ.
މި ފަހުން ކަރިޝްމާ ހާމަކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި އެކި މީހުން ކަރިޝްމާއަށް ވުރެ ކަރީނާ މާ ކާމިޔާބު ކަމާއި ކަރީނާއަށް މާގިނަ ފުރުސަތުތައް ލިބޭ ކަމަށް ބުނެ މީހުން އަޅާ ފޮޓޯ ތަކާއި ކުރާ ޕޯސްޓްތައް ފެންނިފައިވާ ކަމަށެވެ. އަދި ގިނަ މީހުން މި ގޮތަށް ބުނަނީ ކަރިޝްމާ އެކަމާ ދެރަވާ ކަމަށް ހީކޮށް އޭނާ ދަށް ކޮށްލުމުގެ ބޭނުމުގައި ކަން އިނގޭ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މި ކަމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އޭނާގެ ކޮއްކޮ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ކަރީނާ އަށް ކާމިޔާބުކަން ލިބުމަކީ ކަރިޝްމާއަށް ވެސް ލިބޭ އުފަލެއް ކަމަށާއި ކަރިޝްމާ ދާއިރާއިން ބްރޭކެއް ނެގީ އަމިއްލައަށް ބޭނުން ވެގެން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ގިނަ މީހުން ކަރީނާގެ ކާމިޔާބީގެ ވާހަކަ ދެއްކި ނަމަވެސް ކަރިޝްމާ އަކީ ވެސް 90ގެ އަހަރު ތަކުގައި ބޮލީވުޑްގައި އެންމެ ވިދާލި އެއް ބަތަލާއެވެ.