މޫނުގެ ހަންގަނޑަކީ އަހަރެމެން ކޮންމެ މީހަކު ވެސް އެހާމެ ލޯބިން ގެންގުޅޭ އެއް ތަނެވެ. މޫނުގައި ބިހި ނެގުމަކީ އެހާމެ ކަންބޮޑުވެ އެކަމަށް އެތައް ހަރަދެއް ވެސް ކުރާ ކަމެކެވެ.
ސާފު ފޮތި ކޮޅަކަށް އައިސް ކިއުބެއް ލާފައި މޫނުގައި ހާކާށެވެ. ފިނި ހޫނުމިނުގެ ސަބަބުން ބިހީގެ ރަތްކަން ފިލުވައިދެ އެވެ. އެހެން ނަމަވެސް އައިސް ކިއުބް ހާކާނީ މަޑުމަޑުންނެވެ. މާ ބާރަށް ހާކައިފި ނަމަ ބިހި ފަޅައިގެން ގޮސް ޖަރާސީމުތައް އިތުރަށް ފެތުރޭގޮތް ވެދާނެ އެވެ.
ލުނބޯ ހުތަކީ ހަށިގަނޑަށްވެސް ފައިދާ ހުރި ބާވަތެކެވެ. ހާއްސަކޮށް ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން މޫނުގައި އުފެދޭ ޖަރާސީމު ނައްތާލުމަށް އެހީވެދެ އެވެ. ލުނބޯ ހުތް ބޭނުންކޮށްގެން ބިހީގެ ރަތްކަން ފިލުވާލުމަށް ރޭގަނޑު ނިދުމުގެ ކުރިން މޫނުގައި ލުނބޯ ހުތް ހާކާށެވެ.
ލޮލަށް އަޅާ ބޭހަކީ އާންމުކޮށް ލޮލުގެ ރަތްކަން ފިލުވާލުމަށް އެހީވެދޭ އެއްޗެކެވެ. އެބޭހުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނުގައި ނަގާބިހީގެ ރަތްކަންވެސް ފިލުވާލުމަށް އެހީތެރިވެދެ އެވެ. އެގޮތުން ރޭގަނޑު ނިދުމުގެ ކުރިން ކުޑަ ކަފަކޮޅެއްގައި ބޭސް ހޭކުމަށް ފަހު ބީހީގައި މަޑުމަޑުން ހާކާށެވެ.