އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރަށު ބަންދަށް ބަދަލުކޮށްފިއެވެ.
1049 ދުވަހަށްފަހު ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ މި މަހުގެ 01 ވަނަ ދުވަހުއެވެ.
ނަމަވެސް ރައީސް ޔާމީން ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރަށު ބަންދުގައި ހުންނަވާއިރު އާންމުޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ރައީސް ޔާމީނަށް މި ލުއި ހަމަޖެހިގެންދިޔައީ މީގެ ދެ ހަފުތާއެއް ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަކަށްފަހު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ވ.އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.