ހއ.އަތޮޅުގައި ދަތުރުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކަނޑުއޮޅި ސަރަހައްދުގައި ލޯންޗަކާއި ދޯންޏެއްޖެހި މިރޭ ހިނގި ނުރާއްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ އިހަވަންދޫ ނަޔާޑޭޒީ ޢަބުދުއްރަޝީދު މުޙައްމަދު (68) އެވެ.
ދޯނި ދުއްވަން އިން ޢަބުދުއްރަޝީދު ނިޔާވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މީގެ ބައިގަޑިއެއް ހައިއިރު ކުރިންނެވެ.
މި އެކްސިޑެންޑުގައި އިތުރު ދެ މީހުންނަށް ވެސް އަނިޔާވިއެވެ. އެ ދެ މީހުންނަށް ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.