ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅައި އެތައް ސަތޭކަ ފަލަސްޠީނު ރައްޔިތުންނެއް ޝަހީދު ކުރާއިރު ބައިނަލްއަޤްވާމީ މުޖުތަމަޢު ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުވާލުކުރައްވައިފިއެވެ.
ރައީސް މަޢުމޫން މިހެން ވިދާޅުވެފައި އިޒްރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އިޝާރަތް ކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ، ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައް ދެމުން ގެންދާ ކަމަށެވެ.
ހަމަ އެހެންމެ ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާ ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލާތައްދީ އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންނެއް ކޮންމެ ދުވަހަކު ޝަހީދު ކުރަމުންދާއިރު ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 7،326 އަށް އަރާފައި ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ހަވީރު ވަނީ ބުނެފައެވެ.
Maniufaanakee Arabi Adhi igreysidhannabeyfuljeh keevvethoa Aljazeeraa ah nuvatha cnn ah thiyabayaan nudhevvanee mifadha noohakah liyegen eadhuiveyneekaakah thoaeve