މީގެކުރިން 87 ފަހަރު ހައްޔަރުކޮށް 38 ފަހަރު ބަންދުކޮށްފައިވާ ދިވެހި ފިރިހެނަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ 47 އަހަރުގެ މީހެކެވެ.
އޭނާ މިފަހަރު ހައްޔަރުކުރީ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހައި ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ އޭނާ ދުއްވާފައިދިޔަ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓުގައި އޭނާ ވަނީ ގާނޫނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ވަކީލަކު އައްޔަންކޮށް ބަންދު މުރާޖައާކޮށް ެއެދި ހުށަހެޅުމުގެ ހައްގު އޮތް ކަމަށާއި ފަސް ދުވަސްތެރޭ އޭނާ ވަކީލަކު އައްޔަންކޮށްފިނަމަ ފުލުހުން އިސްވެ ބަންދު މުރާޖައާ ކުުރުމަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.