ރާއްޖެ ހިންގާ ބޭންކުތަކުން މިދިޔަ އަހަރުގެ ނިޔަލަށް ކަސްޓަމަރުންނަށް ދޫކުރި ކާޑުތަކުގެ އަދަދު 1.2 މިލިއަނަށް އަރާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެ އިދާރާގެ ޕޭމެންޓް ބްލެޓިންގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ބޭންކުތަކުން 1.2 މިލިއަން ކާޑު ދޫކުރިއެވެ.
އޭގެތެރެއިން %64 އަކީ ޑެބިޓް ކާޑު ކަމަށާއި %36 ޕްރީޕެއިޑް ކާޑުކަމަށާއި %4 އަކީ ކްރެޑިޓް ކާޑުކަމަށް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އޭގެތެރެއިން އެކްޓިވް ކާޑުގެ އިންސައްތައަކީ 74 އެވެ.
މީގެއިތުރުން ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތައް ކުރަން ބޭނުންކުރަނީ ކާޑު ކަމަށާއި މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން %45.7 މިލިއަން މުއާމަލާތްކޮށްފައިވާ ކަން ފާހަގަކޮށްފައިވެއެވެ.