މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ހުދު ސަމާލު ނެރެފައިވަނީ ވ.އަތޮޅުން ފެށިގެން ތ.އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއަދު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.