ޕީޕީއެމްގެ ނަމުގައި ބައެއް މީހުންގެ ފޯނަށް ސްކޭމް މެސެޖުތައް ކުރަން ފަށައިފިއެވެ.
މިފަދަ މެސެޖުތައް ލިބުނު ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި އެކަން ހިއްސާކޮށް އެހެން މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިންގ) ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ.
އެގޮތުން ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އަންނާނެއެވެ. އަދި މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާ ފަރާތްތަކަށް އެނގިގެންދާނެއެވެ.