ރިޒް ކާލްޓަން ރިސޯޓު ކައިރީގައި އަޅާފައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ ރިޒް ކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 7:37 ގައި ކަމަށެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވުމާއެކު ޓޫރިސްޓުން ސަފާރީން ބޭލި ކަމަށެވެ.
ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.