ބޮލީވުޑްގައި ކާމިޔާބު ވަނީ ތަރިންގެ ދަރިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ސޯނަމް ކަޕޫރު ހާމަކޮށްފިއެވެ.
މި ފަހުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސޯނަމް ހާމަކޮށްފައިވާ ގޮތުގައި ކާމިޔާބު ވާނީ ހަމައެކަނި ތަރިންގެ ދަރިން ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ކަމަށާއި ފިލްމުތައް ފްލޮޕްވަނީ ބެލުންތެރިންގެ ތަރުހީބުން ކަމަށް ހާމަކޮށްފައެވެ.
އެގޮތުން ކިތަންމެ މޮޅު ތަރިއެއްގެ ދަރިއެއް ނަމަވެސް އެކްޓްކުރަން ނޭނގޭ ނަމަ ކުރިއަށް ނުދާނެ ކަމަށާއި މި ދާއިރާއަށް ވަންނަން ވާނީ އެކްޓް ކުރަންށާއި އާއްމުންގެ ފާޑު ކިޔުން ވެސް ގަބޫލުކޮށްގެން ކަމަށެވެ. އަދި މި ދާއިރާއަކީ ކޮންމެ މީހަކަށް ވެސް ވަދެވޭނެ ދާއިރާއެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކޮންމެ މީހެއް ކިތަންމެ މޮޅު މީހަކާއި އެކު ފިލްމެއް އުފެއްދި ނަމަވެސް ބެލުންތެރިންއަށް ކަމުނުދާ ނަމަ ފްލޮޕްވާނެ ކަމަށާއި އެމީހަކު ކާމިޔާބު ވަނީ ބެލުންތެރިންގެ ސަޕޯޓުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.