ޣައްޒާގައި ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލްގެ މީހުން ހޯދުމަށް އިޒްރޭލުގެ ޓެކް ކުންފުންޏެއްގެ އެހީހޯދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެމެރިކާއިން ބްލެކްލިސްޓުކޮށްފައިވާ ދެ ސައިބާ ސެކިއުރިޓީ ކުންފުނި ކަމަށްވާ އެންއެސްއޯ ގްރޫޕާއި ކެންޑިރޫއަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ކަނޑައަޅާފައިވާ ވަކި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްޕައިވެއާގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ޕްރެޝަރު ކުރަމުންދާ ކަމަށް އެ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އިޒްރޭލްގެ ޑިފެންސް މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. ޕެގަސަސް އުފައްދާ އިސްރާއީލުގެ ދިފާއީ ބާރުތަކާއި އެންއެސްއޯ އިން އެއްޗެއް ބުނަން ވަނީ ދެކޮޅު ހެދާފަ އެވެ.
އެ ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަނގުރާމައިގެ މަސައްކަތަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކެންޑިރު އޮތީ ތައްޔާރަށް ކަމަށެވެ.
ޣައްޒާގައި 200 އަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ހިމެނެ އެވެ. ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ބަނގުރޫޓުވި މީހުން އަނބުރާ ގައުމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުނެނެވެ.
ގަތަރާއި މިސްރު މެދުވެރިކޮށް ޑިޕްލޮމެޓިކް މަސައްކަތްތައް މެދުކަނޑާލައިފިނަމަ މީހުން ނެގޭނެ ގޮތުގެ އިންޓެލިޖެންސާއި ތަޖުރިބާ އިޒްރޭލުން އެހެން ސަރުކާރުތަކާ އެކު ވެސް ކުރަމުން އަންނަ ކަމަށް އެ މަޝްވަރާތައް ދަންނަ މީހުން ބުނެ އެވެ.
ރަހީނުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ އަތުގައި ބޭރުގެ ޕާސްޕޯޓް ހުރިއިރު އޭގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުންނާއި، ފަތުރުވެރިންނާއި، ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ހިމެނެއެވެ. ހަނގުރާމަ ފެށި ފަހުން މިހާތަނަށް ހަތަރު މީހަކު ވަނީ މިނިވަންކޮށްފަ އެވެ.
އެންއެސްއޯގެ ޕެގަސަސް ސޮފްޓްވެއާ ސަރުކާރުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވިއްކާއިރު، އެ ސޮފްޓްވެއާ ބޭނުންކޮށްގެން މޮބައިލް ފޯނު ހެކްކޮށް، އީމެއިލް، ފޯން ކޯލް އަދި ޓެކްސްޓް މެސެޖްތައް ސިއްރުން ރެކޯޑް ކުރެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް، ސިޓިޒަން ލެބް އަދި ފޮރެންސިކް އާކިޓެކްޗާ އިން 2021 ވަނަ އަހަރު ވަނީ ރުވާންޑާ، ޓޯގޯ، ސްޕެއިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ، މެކްސިކޯ، މޮރޮކޯ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް 60 އަށް ވުރެ ގިނަ މައްސަލަތަކުގައި ސްޕައިވެއާ ބޭނުންކުރި ކަމަށް ރިޕޯޓުކޮށްފަ އެވެ.
އެންއެސްއޯ ގްރޫޕާއި ކެންޑިރު ގެ ޓެކްނޮލޮޖީތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމާއި ޕްރައިވެސީއަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ދެ ގްރޫޕަށް ވެސް ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ނަމަވެސް ދާދި ފަހުން އެމެރިކާގެ ސަލާމަތީ މައިދާނަށް އައި ބަދަލާއެކު އެ ދެ ކުންފުނީގެ ގާބިލްކަން ވަގުތުން އަޕްގްރޭޑް ކުރުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.
ޓެކްނޮލޮޖީ އިތުރުކުރުމަށް އެދުމުން ގައުމީ ސަލާމަތުގެ މަސްލަހަތާއި ޕްރައިވެސީގެ ކަންބޮޑުވުންތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބޯލެނބުމުގެ ނާޒުކު ބެލެންސްއާ މެދު ސުވާލު އުފެދެ އެވެ. މި ކުންފުނިތަކަކީ ޑިޖިޓަލް މުވާސަލާތީ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި އެކްސެސްކޮށް މޮނިޓާ ކުރެވޭނެ ސްޕައިވެއާ ޓޫލްސް އުފެއްދުމުގެ ސަބަބުން މިފަދަ ޓެކްނޮލޮޖީގެ އަޚްލާގީ ބޭނުންތަކާ މެދު ބަހުސެއް އުފެދިފައިވާ ކުންފުނިތަކެކެވެ.
މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ކުރިއެރުމާއި، މި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް މި ކުރިއެރުމުން ހާމަވެގެން ދެއެވެ. މި ޓެކްނޮލޮޖީ އަޕްގްރޭޑްކުރުމުގެ މިންވަރާއި އަސަރު އަދިވެސް ނޭނގޭ އިރު، ސައިބާ ސެކިއުރިޓީ އާއި ސަވައިލަންސް ޓެކްނޮލޮޖީގެ ދާއިރާގައި މިހާރު ވެސް ސަމާލުކަން ދޭން ޖެހޭކަން ހާމަވެގެން ދެއެވެ.