ބަނޑުގާ ސަރުބީ ޖެހުމަކީ މީހާގެ ސިފަ ގެއްލި، މީހާގެ ހަށިގަނޑަށް އިތުރު ގެއްލުންތައްވެސް ކުރުވާ ކަމެކެވެ. ހާއްސަކޮށް ބަނޑުގައި ސަރުބީ ޖެހުމުގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތަކަށް ފުރުސަތު ބޮޑުވެއެވެ.
ހަކުރު އެކުލެވޭ ބުއިންތަކާއި، ހަކުރުގެ ބާވަތްތައް ބޭނުން ނުކުރުން. ހަކުރަކީ ބަނޑުގެ ސަރުބީއަށް މަގުފައިވާ އެންމެ ބޮޑު އެއް ވަސީލަތެވެ. އަމިއްލަ ބުއިންތަކަށް ބޭނުން ކުރާއިރު، އެއަށް އިތުރުކުރާ ހަކުރަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ދޭނެ އެއްޗެކެވެ.
ކާބު މަދު ކުރުން. ކާބު ބޭނުން ނުކުރާ ޑައިޓެއް ޖެއްސުމަކީ ހިކުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލެވެ. ހާއްސަކޮށް ބަނޑު ހިންދާލުމަށެވެ.
ގިނައިން ޕްރޮޓީން ބޭނުން ކުރުން. ގިނައިން ޕްރޮޓީން ބޭނުން ކުރުމަކީ ދުރު މުސްތަގުބަލެއްގައި ބަނޑުގެ ސަރުބީތައް ވިރުވާލުމަށް އޮތް މޮޅު އުކުޅެކެވެ.
މީގެ އިތުރުން ބަނޑުގެ ހާއްސަ ކަސްރަތުތައް ގަވާއިދުން ކޮށް، ފައިބަރު އެކުލެވޭ ކާނާތައް ގިނައިން ބޭނުން ކުރުމުން ބަނޑު ހިންދަން ފަސޭހަވެގެން ދެއެވެ.