ޓެރެރިޒަމާއި ދީނީގޮތުން ހައްދުފަހަނަ އަޅާއި ދިޔުމާކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ޓެރެރިޒަމްގެ މައްސަލައަށް ރާއްޖެއިން ހައްލު ގެނައުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
”ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް، އާއްމުން ހޭލުންތެރިކޮށް، އިސްލާމްދީނަކީ ސުލްހަވެރި ދީނެއްގައި ކިޔައިދީ، ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައް އަނބުރާ މުޖުތަމައުއަށް ގެނެސްދިނުމަށް މަސައްކަތްތައް ކުރާނަން.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.
އިސްރާއީލުގެ ޓެރެރިސްޓު ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ގުޅޭގޮތުން ވެސް ޑރ. މުއިއްޒުގެ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު އޮތުމުގެ ހައްގު އެ ގައުމުގެ ރައްޔިތުންނަށް އެބަ އޮތް ކަމަށެވެ.
އެ ކަމުގައި ފަލަސްތީނުން ބޭނުންވާ އެހީތެރިކަން ރާއްޖެއިން ދެމުންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވީ ބްލޫމްބަރގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ދެންނޭގޭނެ ދެކޭނުދެކޭ ވާހަކަޔެވިސް