ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު އެ ފަދައިން ވިދާޅުވީ ބްލޫމްބަރގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާނެ އެއްވެސް ކަމަކަށް ޑރ.މުއިއްޒުގެ ވެރިކަމުގައި ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ބޭނުން ނުވާ ކަމަށާއި އަވަށްޓެރި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް މިހާރު ވެސް އިންޑިޔާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރާއެކު ކުރިއަށްދާ ކަމަށާއި އެ މަޝްވަރާތައް ކާމިޔާބު ކަމަށެވެ.