ޑރ. މުއިއްޒަކީ ޕްރޯ ޗައިނާ މީހެއް ކަމަށް ލޭބަލްކޮށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިޔާ އާއި ޗައިނާއާ ދެމެދު އޮތް ވާދަވެރިކަމާއި ކޯޅުމުގެ ތެރެއަށް ވަދެ ވަކިކޮޅެއް ނަގާ ވަރަަށް ވުރެ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒުއަކީ ޕްރޯ ޗައިނާ މީހެއް ކަމަށް ލޭބަލްކޮށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސަރުކާރެއްގައި ގެންގުޅޭނީ ’ޕްރޯ މޯލްޑިވްސް‘ ސިޔާސަތު ކަމަށާއި ރާއްޖެއިން ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި މިންގަނޑުތަކަށް އިހުތިރާމް ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވިއެވެ.
”ރާއްޖެއިން ހުރިހާ ގައުމަކާއި ގުޅިގެން މަސައްކަތް ކުރާނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ޖިއޯޕޮލިޓްކްސްގެ ތެރެއަށް ވަދެގެން އުޅޭކަށް. ބޮޑު ދެ ގައުމެއްގެ މެދުގައި ހިނގާ ކަންކަމުގެ ތެރެއަށް ވަންނަވުރެ ރާއްޖެ ކުޑަ“ ޑރ. މުއިއްޒު ވިދާޅުވިއެވެ.