ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާގެ އެހީއެއް ދޭން ނިންމައިފިއެވެ.
ސަޢޫދީން ރާއްޖެއަށް ދޭން ނިންމާފައިވާ 2.3 ބިލިއަން ރުފިޔާ ނުވަތަ 150 މިލިއަން ޑޮލަރުގެ މި އެހީ ބޭނުންކުރަން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށެވެ.
މި އެހީގެތެރެއިން 100 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވަނީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށެވެ. އަދި 50 މިލިއަން ހޭދަކުރަން ނިންމާފައިވަނީ ސިއްހީ ދާއިރާއަށެވެ.
ވެލާނާ އެއާޕޯޓުގެ މަސަައްކަތަކީ ސަޢޫދީގެ ބިންލާދިން ގުރޫޕާއި ހަވާލުކޮށްގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ފެށި މަސައްކަތެކެވެ.
ސަޢޫދީން މީގެ ކުރިން ވެސް ވަނީ އެކި ދާއިރާއިން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.