ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
ގާނޫނަށް ހުށަހެޅި އެ އިސްލާހުގައި ވަނީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒުތަކަށް އަދި ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަށް ޔުނިވާސިޓީގެ ދަރަޖަށް ދެވޭ ގޮތަށް އިސްލާހު ހުށަހަޅާފަ އެވެ.
އެ ބިލު މަޖިލީހަށް ތައާރަފުކުރުމަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
Fenvaru rangalhu kurumah thanuge nan board badhalu kurumuge sagaafaiy uvigen noonee hageegee kurierumeh nulibeyne. Ginadhuvahu hingumakee thanuge fenvaraai gulhifa onna kameh noon. Majeediya hingaathaa varah dhuvas vejje. Ekamaku fenvaru dhanee dhashah.