މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކުރީ އުމުރުން 29 އަހަރުގެ އެމްޑީ އާރިފު ހޮސެން ކިޔާ ބަންގްލަދޭޝްގެ މީހެކެވެ.
އޭނާ ހޯދަނީ ވ. ފެލިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އޭނާ އުޅޭ ވަ ކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ.
މި މަހުގެ 25 ގެ މެންދުރު ފަހު 14:00 އަށް ޙުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް އާރިފު ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.