ބޮލީވުޑްގެ ބަތަލް ސަލްމާން ޙާން ކޯވިޑް ތެރޭ ޝޫޓިންއަށް ދާން ބޭނުން ނުވި ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ސަލްމާން ހާމަކޮށްފައިވާ ގޮތުގައި އޭނާ ކޯވިޑް ތެރޭގައި ޝޫޓިން ތަކާއި އެކި ޝޯތަކަށް ގޮސްފައިވަނީ ދާން ބޭނުން ވެގެން ނޫން ކަމަށާއި ނަމަވެސް ކޮންމެހެން ނުގޮސް ނުވެގެން ކަމަށެވެ.
އެގޮތުން ކޮންމެތާކަށް ދިޔަސް ހުން ބެލުމާއި ސާމްޕަލް ނެގުން ފަދަ ކަންކަން ކުރާ ކަމަށާއި އަދި މާސްކު އަޅައިގެން ދުވަސް އެއްކޮށް އުޅުން ވެފައިވީ ވަރަށް ބޮޑު ކަމަކަށް ކަމަށް ވެސް ސަލްމާން ވަނީ ހާމަކޮށްފައެވެ. ކޯވިޑް ތެރޭގައި ޝޫޓިންއަށް ގޮސްފައިވަނީ ވަރަށް ފޫހިވެގެން ހުރެގެން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކޯވިޑް ތެރޭގައި ސަލްމާން ކުޅެފައިވަނީ ”ކިސީ ކީ ބާއި ކިސީ ކީ ޖާން“ މި ފިލްމެވެ. މި ފިލްމަށް ބޮކްސްއޮފީހުގައި މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.