ހޯމަ, ޑިސެމްބަރ 4, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރޯމް ސްޓެޓިއުޓް ތަސްދީގު ކުރުމަށް އަރްމޭނިއާގެ ރައީސް ރުހުން ދެއްވައިފި

އަޙްމަދު ދާއޫދު ލިޔުނީ: އަޙްމަދު ދާއޫދު
އޮކްޓޯބަރ 15, 2023
ދުނިޔެ
0
ރޯމް ސްޓެޓިއުޓް ތަސްދީގު ކުރުމަށް އަރްމޭނިއާގެ ރައީސް ރުހުން ދެއްވައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އެ ގައުމުގެ އިހްތިސާސް ދީ، ރޯމް ސްޓެޓިއުޓް ތަސްދީގު ކުރުމަށް އާމީނިއާގެ ރައީސް ވަހަގްން ޚަޗަތުރިޔާން ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.

ADVERTISEMENT

ރައީސްގެ ވެބްސައިޓުގައި އިއުލާނުކޮށްފައިވާ މި ނިންމުމަކީ 60 އާއި 22 އާ ދެމެދުގެ ވޯޓުން މިމަހުގެ ކުރީކޮޅު އަރްމޭނިއާގެ ޕާލަމެންޓުން ރޯމް ސްޓެޓިއުޓް ތަސްދީގު ކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ. އިދިކޮޅު ދެ ފެކްޝަނަކުން އެކަމާ ދެކޮޅު ހެދި އިރު، އަރުމީނިއާ އިން ވަނީ އެ ގާނޫނު ތަސްދީގުކޮށް، އެ ގައުމުގެ ގާނޫނީ އޮނިގަނޑަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

އަރްމީނިއާ އިން އެންމެ ފުރަތަމަ ރޯމް ސްޓެޓިއުޓްގައި ސޮއިކުރީ 1999 ވަނަ އަހަރު ނަމަވެސް ގައުމީ ގާނޫނު އަސާސީއާ ނުގުޅޭ ކަމަށް ބުނެ 2004 ވަނަ އަހަރު އެ ގާނޫނު ތަސްދީގު ކުރުން މެދުކަނޑާލި އެވެ. އަވަށްޓެރި އަޒަރުބައިޖާނާ އެކު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކުގެ ތެރޭގައި 2022 ވަނަ އަހަރުގެ ފަހުކޮޅު އައިސީސީއަށް ވަނުމުގެ މަރުހަލާ އަލުން ވަރުގަދަކޮށް، ދާދި ފަހުން އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ބަކޫއަށް ބޮޑު ކާމިޔާބީއެއް ލިބުމާއި، އަޒަރުބައިޖާންގެ ތާއީދު އޮތް އަޒަރުބައިޖާންގެ ވަކިވެފައިވާ ސަރަހައްދެއް ކަމަށްވާ ނަގޯނޯ-ކަރަބާޚް ރިޕަބްލިކް އުވާލެވުނެވެ.

އަރްމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔާން ދެކެވަޑައިގަންނަވާ ގޮތުގައި އަޒަރުބައިޖާނުގެ ”ހަނގުރާމައިގެ ޖަރީމާ“ ގެ މައްޗަށް އަރްމީނިއާގެ ބިމުގައި ދައުވާ ކުރުމުގައި އައިސީސީގެ އިހްތިސާސް ވަރަށް މުހިންމު ވާނެ އެވެ. ޕާޝިންޔަން ވަނީ ރަޝިއާ އިސްވެ އޮވެ އުފައްދާފައިވާ ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) އިން އަރްމީނިއާ ހިމާޔަތް ނުކުރާ ކަމަށް ބުނެ ފާޑުކިޔާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އަރްމޭނިއާ އިން ރޯމް ސްޓެޓިއުޓް ތަސްދީގު ކުރުމުން، އެ ގައުމުގެ އެންމެ ގާތް އެކުވެރިޔާ ރަޝިއާގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، މިއީ ”ވަރަށް ދެކޮޅު ފިޔަވަޅެއް“ ކަމަށް އެ ގައުމުން ދެކެ އެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ޝައްކު އުފެދޭ ކަމަށާއި އެކަމުގެ ސަބަބުން ”މިހާރުގެ އަރުމީނިއާގެ ލީޑަޝިޕަށް އިތުރު ސުވާލުތަކެއް އުފެދޭ“ ކަން ފާހަގަކުރައްވާފައެވެ.

ރަޝިޔާއިން އައިސީސީއާ ދެމެދު ދެބަސްވުންއުފެދިފައިވާ އިރު، އެ މުއައްސަސާއަކީ ހުޅަނގުގެ މަސްލަހަތުތަކުގެ ހައްގުގައި އެ ގައުމުގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ މުއައްސަސާއެއްގެ ގޮތުގައި ރަޝިއާ އިން ދެކެ އެވެ. ރަޝިއާ އާއި އައިސީސީއާ ދެމެދު ނުތަނަވަސްކަން އިތުރުވީ ކިއޭވްއާ އެކު ހިނގި ހަމަނުޖެހުންތަކުގައި ޔޫކްރެއިންގެ ކުޑަކުދިން ”ކިޑްނެޕް“ ކުރި ކަމުގެ ތުހުމަތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހިމެނޭ ގޮތަށް ރަޝިއާގެ އިސް ދެ އޮފިޝަލަކަށް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުމުންނެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެދިއްޖެ ހިނދެއްގައި ކުޑަކުދިން އެމީހުންގެ ގާނޫނީ ބެލެނިވެރިންގެ ގާތަށް ގެންދިއުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ފިލިޕީންސަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ވަރުގަދަ ލޮޅުންތަކެއް

ފިލިޕީންސަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ވަރުގަދަ ލޮޅުންތަކެއް

ޑިސެމްބަރ 4, 2023
ހަމަނުޖެހުންތައް ހިނގީ ބަޣާވާތެއް ކުރަން އުޅުމުން: ގިނީ-ބިސާއުގެ ރައީސް

ހަމަނުޖެހުންތައް ހިނގީ ބަޣާވާތެއް ކުރަން އުޅުމުން: ގިނީ-ބިސާއުގެ ރައީސް

ޑިސެމްބަރ 4, 2023
އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކަށް ރަތް ކަނޑުގައި ހަމަލާދީފި

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކަށް ރަތް ކަނޑުގައި ހަމަލާދީފި

ޑިސެމްބަރ 4, 2023
ޣައްޒާގައި ހާލުގައި ޖެހިފައިވާ ހޮސްޕިޓަލްތަކަށް އިތުރު ޒަޚަމްތަކެއް

ޣައްޒާގައި ހާލުގައި ޖެހިފައިވާ ހޮސްޕިޓަލްތަކަށް އިތުރު ޒަޚަމްތަކެއް

ޑިސެމްބަރ 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ކަރެކްޝަނުން އިންޒާރު ދީފައިވަނިކޮށް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގެންފި

    ކަރެކްޝަނުން އިންޒާރު ދީފައިވަނިކޮށް ޔާމީން ޕީއެންއެފް އޮފީހަށް ވަޑައިގެންފި

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0
  • ގިނަގިނައިން ކާންވީ ފިޔާ

    0 shares
    Share 0 Tweet 0
  • މިސްކިތްތަކުން ފައިިވާން ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In