އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ޝިފާޤް މުފީދު (ހިސްޓޯ) މިއަދު ހާމަކުރައްވައިފިއެވެ.
ހިސްޓޯ މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވ.
ހިސްޓޯ ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާއަށް ޕްރޮގްރެސިވް ކޮންގެރެސްގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެކުރިން ފުވައްމުލަކު މެދު ދާއިރާ ތަމްސީލު ކުރެއްވި ހިސްޓޯ މަޖިލީހަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ.
ހިސްޓޯ ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އެޗްއާރްސީއެމްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.