އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހި ރެޑް ކްރެސެންޓުން މިއަދު ފަންޑެއް ހުޅުވައިފިއެވެ.
ރެޑް ކްރެސެންޓުން ހާމަކުރި ގޮތުގައި މި ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހީގެ ފައިސާ ޖަމާކުރާނެ ބީއެމްއެލް ރުފިޔާ އެކައުންޓަކީ 7701176022001 އެވެ. ޑޮލަރުންނަމަ 7701176022002 އަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރުފިޔާ އެކައުންޓަކީ 99010155500036100 އެވެ. ޑޮލަރުންނަމަ 99010155500036200 އަށެވެ.
ރެޑް ކްރެސެންޓުން ބުނީ ފަންޑަށް ލިބޭ ފައިސާގެ އެހީ ހޭދަކުރާނީ ބޭސްފަރުވާއަށާއި ތެލާއި ކާބޯތަކެއްޗާއި ސާފު ބޯފެން ފަދަ ޒަރުރީ ބޭނުންތައް ފޯރުކޮށްދިނުމަށެވެ.