ބުރާސްފަތި, ނޮވެމްބަރ 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ބައްތިރީސްވަނަ ބައި

އަޒް ލިޔުނީ: އަޒް
އޮކްޓޯބަރ 14, 2023
ވާހަކަ
0
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ބައްތިރީސްވަނަ ބައި

ADVERTISEMENT

ހިތްހަމަނުޖެހިފައި ހުރެ މާޝިތާ ގޮސް ޝިގާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލައިލިއެވެ. އެނދާއި އަލަމާރިއާ ދެމެދު ޝިގާ ނަމާދަށް ހުއްޓެވެ. އެނދު ހުސްކޮށް އޮވެފައި ފާހާނައިގެން ލައިޓްވެސް ނިއްވާލާފައި ހުރުމުން އަރީން ދެއްކީ ތެދުވާހަކަތަކެއްކަން މާޝިތާއަށް އެނގުނެވެ. ހިތްހަމަނުޖެހިފައި ހުރެ މާޝިތާ ގޮސް އާސިމަށް ގޮވާފައި ނަމާދަށް ދާން ބުންޏެވެ. އޭރު އިރުއަރަން ހުރީ ފަހެއްކަ މިނިޓެވެ. އާސިމް ދިއުމުން މާޝިތާ ސޯފާގައި އިށީނެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ ރައިޒެލް ގެއަށް އަންނާނެ އިރަކަށެވެ.

***********

ނިދި ބަރުވެފައިވާ ދެލޯ މިފްޒާލް ހުޅުވާލީ ފަރުދާގެ ދޭތެރެއިން ފޭދިގެން އައި އިރުގެ އަލި ލޮލަށް އެޅުމުންނެވެ. ފުރަތަމަވެސް ބަލައިލެވުނީ ސޯފާގައި އޭނާގެ މޭގައި ބޯއަޅާލައިގެން ނިދިފައި އޮތް ރައިޒެލްގެ މޫނަށެވެ. އިންތިހާއީ މައުސޫމުކަން ފެންނަމުން ދިޔަ އެމޫނަށް ބަލާލާފައި މިފްޒާލްގެ ތުންފަތަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. ރައިޒެލްގެ ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު މިފްޒާލް މަޑުމަޑުން އޭނާގެ ކަންފަތް ބިއްދަށައް ލައްވާލިއެވެ. އެހިނދު ކުޑަކުއްޖެއްހެން ރައިޒެލް މިފްޒާލްގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ. އިތުރަށް އެންމެ ހަރަކާތެއްކޮށްލަންވެސް މިފްޒާލަށް ނުކެރުނެވެ. އެހާ އަރާމު ނިންޖެއްގައި އޮވެފައި ރައިޒެލް ހޭލާކަށް އޭނާ ބޭނުމެއްނޫނެވެ. އަތެއް ފައެއް ގުޑާވެސްނުލާ އޭނާ އޮތީ އެހިނދުކޮޅު ދެމިގެންދާން ބޭނުންވާތީއެވެ. މިވަގުތު އޭނާގެ ހިތަށް ލިބެމުން ދާ ހިތްހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ.

މިފްޒާލްގެ އެއުފާވެރިކަމަށް ހުރަސްއެޅި ފަރުދާގެ ދޭތެރެއިން ފޭދިގެން އައި އިރުގެ އައްޔެވެ. އެއަލި މޫނަށް އެޅުމާއެކު ރައިޒެލްވެސް އެސްފިޔަ ތަޅުވާލާފައި ދެލޯ ހުޅުވާލައިފިއެވެ. އެހިނދު ރައިޒެލް ފުންނޭވައެއްވެސް ދޫކޮށްލައިފިއެވެ. އޮވެވުނީ ކޮންތާކުކަން ދެނެގެންނަން އިރުކޮޅެއް ނެގިއެވެ. މިފްޒާލްގެ ގަމީހުގެ ގޮށްތައް ލޮލުގައި އަޅައިގަތުމާއެކު ރައިޒެލް އަވަސް އަވަހަށް މިފްޒާލްގެ މޫނަށް ބަލާލައިފިއެވެ.

”މޯނިންގް ޕްރިންސެސް… “ ހިނިތުންވެލައިގެން އޮވެ މިފްޒާލް ބުނެލިއެވެ. ރައިޒެލް އަވަސް އަވަހަށް އޮތްތަނުން ތެދުވިއެވެ. މުޅި ރޭ ހޭދަކުރެވުނީ އެގޭގައިކަން އިހުސާސްވެ ރައިޒެލް ކަންބޮޑުވިއެވެ. ފުރަތަމަވެސް ހޯދާލެވުނީ އޭނާގެ ފޯނެވެ. އެހިނދު މިފްޒާލް ކުޝަން ދަށުގައި އޮތް ރައިޒެލްގެ ފޯނު އޭނާއަށް ދިއްކޮށްލިއެވެ. ރައިޒެލް އަވަސް އަވަހަށް ފޯނު އަތުލާފައި އެހުޅުވާ ބަލައިލިއެވެ. ޝިގާގެ އެތައް ކޯލެއް އައިސްފައި އޮތެވެ. އާސިމްވެސް ދިހަ ވަރަކަށް ފަހަރު ގުޅާފައި އޮތެވެ.

”އަޅޭ.. ޝިގް ހުންނާނީ ވަރަށް ކަންބޮޑުވެފައި.. އެގޭ އެމީހުންނަށް އެނގިއްޖިއްޔާ އެމީހުން ހީކުރާނީވެސް ކީކޭ.. “ ރައިޒެލްއަށް ބުނެވުނެވެ.

”އިޓްސް އޯކޭ ރައި… ޝިގާއަށް އަހަރެން މެސެޖް ކުރިން.. ބުނިން ރައިއަށް ނިދިފައި އޮތް ވާހަކަ..“ މިފްޒާލް ބުންޏެވެ.

”ކޮބާ އަހަރެންގެ ކްލަޗް.. މިފޫ އަހަރެން އެގެއަށް ގެންގޮސްދީފާނަންތަ؟ “ ކްލަޗް ހޯދަމުން ރައިޒެލް ބުންޏެވެ. ރައިޒެލްގެ ދުލުން ފުރަތަމަ ފަހަށް ’ މިފޫ ’ އޭ ބުނިއަޑުއިވިފައި މިފްޒާލްގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ. މިފްޒާލް ރައިޒެލްގެ ސުވާލަށް ޖަވާބެއް ނުދީ އޭނާގެ ކައިރިއަށް ޖެހިލަމުން އޭނާގެ ދެއަތުގައި ހިފަހައްޓާލައިފިއެވެ.

”ކިހިނެއްވީ..؟ “ މިފްޒާލް ހެވިފައި އިންގޮތުން ރައިޒެލް އެހިއެވެ.

”އަދި އެއްފަހަރު ގޮވާލަބަލަ..“ މިފްޒާލް ބުނެލިއެވެ.

”ކީކޭ؟؟؟ “ އެހެން ބުނި ހިނދު ރައިޒެލްއަށް ހެވިއްޖެއެވެ. މިފްޒާލް އެބުނަނީ ކީކޭކަން އޭނާއަށް އެނގެއެވެ.

”އަހަރެންގެ ނަމުން ގޮވާލަބަލާށޭ.. “ މިފްޒާލް ތަކުރާރުކޮށްލިއެވެ.

”މިފްޒާލް!!! “ ހިނިތުންވެލައިގެން އިނދެ ރައިޒެލް ގޮވާލިއެވެ.

”އުނހު.. ތިހެނެއްނޫން.. ދެންމެ ގޮވާލިހެން. މިފޫ އޭ ކިޔާފައި.. “ މިފްޒާލް ބުނެލިއެވެ. ރައިޒެލް ހޭންފެށިއެވެ.

”ދެން ސާބަސް މިފްޒާލް.. އެވެސް އެވަރުގެ ކަމެއްތަ؟ އަސްލު މިފޫވެސް އަހަރެންނާ ރައިއޭ ކިޔާފައި މުޚާތަބުކުރާތީ އަހަރެންވެސް ވަރަށް އުފާވޭ.. އެކަކު އަނެކަކަށް ގޮވާލާ ލޯބި ނަމުންވެސް އިހުސާސްވަނީ ތަފާތު ގާތްކަމެއް.. އެނގޭ އެހެންވެކަން މިފޫވެސް ތިއުޅެނީ… ދެންވެސް ތިހެން ނީނދެ އަހަރެންގެ ކްލަޗް ހޯދަދީބަލަ..“ ރައިޒެލް ބުންނެވެ.

”އުނހު.. އަދި އެހާފަސޭހައިން ނުދެވޭނެ.. އެބައަންނަން ދެމީހުންނަށް ކޮފީއެއް ހަދައިގެން.. ކޮފީ ބޮއެގެން ދެވޭނީ.. “ މިފްޒާލް ތެދުވެ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ރައިޒެލް ނޫނެކޭ ބުނުމުންވެސް މިފްޒާލް އެއަޑެއް ނޭހިއެވެ.

*************

ޝިގާ ކޮޓަރިން ނިކުތްއިރު މާޝިތާ ސޯފާގައި އިންތަން ފެނިފައި ހައިރާންވިއެވެ. އެހެންޏާ މިގަޑިއަކީ ކޮޓަރީގައި މާޝިތާ ޤުރުއާން ކިޔަވަން އިންނަ ގަޑިއެވެ. ޖަވާބަކަށް އެދި ޝިގާ ބަލައިލީ ހަމައެވަގުތު ކޮޓަރިން ނިކުތް ޝިރުފާއަށެވެ. ސޯފާގައި އިން މާޝިތާ ޝިގާ ޝިރުފާއަށް ދައްކާލީ ލޮލުގެ އިޝާރާތުންނެވެ. އެހިނދު ޝިރުފާވެސް ކޮނޑު އަރުވާލައިފިއެވެ.

”މަންމާ!! ކިހިނެއްވެފަ މިތާ ތިއިނީ.. ؟ “ މާޝިތާ ކައިރިއަށް އައިސް ހުއްޓެމުން ޝިގާ އެހިއެވެ. އެމީހުންގެ ވާހަކަ އަޑުއަހަން ޝިރުފާވެސް އައިސް ސޯފާގެ ފަހަތުގައި ހުއްޓުނެވެ.

”ޝިގާ ތިސުވާލު ނުކުރިއްޔާ އަހަރެންނަށް ރަނގަޅީ.. “ މާޝިތާގެ އަޑުގައިވި ހިތްހަމަނުޖެހުން އިހުސާސްވެ ޝިގާއާއި ޝިރުފާ އެކަކު އަނެކަކަށް ބަލައިލިއެވެ.

”ކިހިނެއްވީ މަންމާ!! ކަމަކާ ހިތްހަމަނުޖެހިފަތަ؟ “ ފަހަތުގައި ހުރި ޝިރުފާ ސުވާލުކޮށްލިއެވެ.

”ޝިގާ ދޭބަލަ ރައިޒެލްއަށް ގޮވަން.. ބުނެބަލަ މަންމަ އެބަގޮވައޭ… “ ޝިގާއަށް ބަލައިލަމުން މާޝިތާ ބުންޏެވެ. އެހިނދު ޝިގާގެ މޫނުމަތިން ޖެހިލުންވުން ފެނިގެން ދިޔައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު ޝިގާ ހުއްޓެވެ.

”ކިހިނެއްވީ؟؟ ރައިޒެލް އަދިވެސް ނުތެދުވަނީތަ؟ “ އަނެއްކާވެސް މާޝިތާ އެހިއެވެ.

”އަ..އާނ.. އަދި ނުތެދުވޭ…. “ ޝިގާ އަވަސްއަވަހަށް ބުންޏެވެ. އެހިނދު މާޝިތާ އިންތަނުން ތެދުވީ ކުއްލިއަކަށެވެ.

”ރަނގަޅަށްވެސް ތިހުރީ މީހަކު ސިކުނޑި ދޮވެލާފައި.. ޝިގާ އަހަރެންނަށް ދޮގު ހަދާނެ ކަމަކަށް ދުވަހަކުވެސް އުއްމީދެއް ނުކުރަން.. މުޅި ރޭގަނޑު އަންހެނަކު ބޭރުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.. ރައިޒެލް ރޭގައި ގެއަށް ނާންނަކަން އަހަރެންނަށް އެނގޭ.. “ ހިތްހަމަނުޖެހިފައި ހުރިވަރުން މާޝިތާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ކޮޓަރީގައި ހުރެފައި އާސިމްވެސް ނިކުތީ އެއަޑުއިވިފައެވެ.

”މަންމާ!! އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. ރައިޒެލް ހުންނަނީ މިގޭގައެއް ކަމަކު އޭނާއަކީ މިނިވަނެއް.. އެމިނިވަންކަން ގެއްލުވާލުމުގެ ހައްޤު މިގޭ އެއްވެސް މީހަކަށް ލިބިގެންނެއްނުވޭ.. “ ޝިގާ އެހެން ބުނުމުން މާޝިތާ ކައިރިއަށް އައިސްފައިވީ ރުޅިވީ އިތުރެވެ.

”ރައިޒެލް ހުންނަނީ މިގޭ މީޙުންގެ ބެލުމުގެ ދަށުގައި ކަމަށްވަންޏާ އުޅެން ޖެހޭނީ އަހަރެމެން ބުނާ ގޮތް ހަދައިގެން.. އަހަރެމެން ދުވަހަކުވެސް އޭނަ ކުރާކަމަކަށް ހުރަހެއް ނާޅަން.. އެކަމަކު އޭނަ އެގޮތަށް އުޅެގެން ހަޑި އަޑެއް އަރާފިއްޔާ މީހުން ކުށްވެރިކުރާނީ އަހަރެމެން.. މިގޭ ހަތަރުފާރުން އެތެރޭ އޭނާއަށް އުޅެވޭނީ އަހަރެމެން ބުނާގޮތް ހަދައިގެން.. “ މާޝިތާ ބުންޏެވެ.

”މަންމާ!! ރައިޒެލްއާ ބެހޭގޮތުން ތިވާހަކަ ދައްކާގޮތް އަދި ކަމަކުނުދޭ!! ރައިޒެލް އޭނާގެ ރަހުމަތްތެރިއެއްގެ ގޭގައިވެސް މަޑުކޮށްފާނެއްނު.. “ ދުރުގައި ހުރެފައި އެމީހުން ކައިރިއަށް އަންނަމުން އާސިމް ބުންޏެވެ.

”އާސިމް ވާހަކަނުދެއްކުން ރަނގަޅީ.. އެރައިޒެލް ހުރީ އާސިމްގެ ހިތާއި ސިކުނޑިއާ ވަރަށް ރަނގަޅަށް ކުޅެލާފައިކަން ނޭނގޭ މީހަކު މިގޭގައި ނުހުންނާނެ.. އެހެންވީމަ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.. ރައިޒެލްގެ ލޯބީގައި އާސިމް ތިހުރީ ކަނުވެފައި.. ރަހުމަތްތެރިއެއްގެ ގޭގައި މަޑުކުރިޔަސް ހުއްދަ ހޯދާލުން އެއީ ރަނގަޅުގޮތް.. އޭރުން ވީތަނެއް ނޭނގިގެން އަހަރެމެން ކަންބޮޑުވާކަށެއްވެސް ނުޖެހުނީސް… “ ރައިޒެލް ގެއަށް އައިސްވަނީ މާޝިތާ އެހެން ކިޔަނިކޮށެވެ. މާޝިތާ ފަހުން ބުނެލި ޖުމްލަ ރައިޒެލްއަށް ރަނގަޅަށް އަޑުއިވުނެވެ. އެންމެންގެ ނަޒަރު ރައިޒެލްއަށް އަމާޒުވެފައިވީތަން ފެނުމުން ރައިޒެލް ކުޑަކޮށް ފިނިވެލިއެވެ.

”މާފުކުރޭ ދައްތާ!! ދައްތަ ރުޅިއައުން ހައްޤު.. އަހަރެން އަސްލު ދާން ޖެހޭނީ މިގޭ މީހެއް ކައިރީ ބުނެލާފައި.. އަސްލު ދިޔައީ އެގޭގައި މަޑުކުރަންވެގެންނެއް ނޫން.. އެގޭގައި އޮއްވާ އަހަރެން ނިދުނީ.. “ ރައިޒެލް އޭނާގެ ދިފާއުގައި ބުންޏެވެ.

”ނިދެންދެން އެގޭގައި މަޑުކުރަން ޖެހުނީ ކީއްވެ؟ މީހަކު ރައިޒެލްއަށް މަޖުބޫރުކުރީތަ އެހާއިރު މަޑުކުރަން..“ މާޝިތާ ރުންކުރުކަމާއެކު އެހިއެވެ. ރައިޒެލްއަށް ޖަވާބެއް ނުދެވި އިސްޖަހައިލިއެވެ.

”ސާބަސް މަންމައަށް.. އަދި މީހަކު ތިހާ ރުޅިއައިސްގެން އުޅޭ ވަރުގެ ކަމެއް ނުވޭ.. ރައި ދިޔައީ އަހަރެން ކައިރީ ބުނެފަ… ފްރެންޑެއްގެ މަންމަ ބަލިވެގެން އޭނަ ހޮސްޕިޓަލުގައި މަޑުކުރަން ޖެހުމުން ރައި ދިޔައީ އޭނާގެ ދަރިފުޅު ކައިރީގައި އިރުކޮޅަކު މަޑުކޮށްލަންވެގެން… އެއީ ދެން އެވަރުގެ ކަމެއްތަ؟ “ ޝިގާވެސް ހިތްހަމަނުޖެހޭގޮތްވިއެވެ.

”ކިހިނެއްވެގެންތަ މިއުޅެނީ.. ؟ “ ގެއަށް އައިސްވަން ހަމްދޫނަށް އެންމެން ތިބިގޮތް ފެނުމުން ސުވާލުކުރިއެވެ.

“ ކަމެއްނުވޭ!! ހަމްދޫން ތިހަދަމުންދާ އެޕާޓްމެންޓް ނުނިމޭތަ އަދިވެސް ؟؟ “ މާޝިތާ އެހިއެވެ.

”ގާތްގަނޑަކަށް ނިމިފައި ހުރީ.. ފާހާނައިގެ ލައިޓް ރަނގަޅުކޮށްލީމަ ނިމުނީ… “ ހަމްދޫން ބުންޏެވެ.

”މިއަދު ތިކަންކޮށް ނިންމާލުމަށްފަހު ރައިޒެލްއަށް ތަޅުދަނޑި ހަވާލުކުރޭ… ކުލީގެ މައުލޫމާތުވެސް އޭނާއަށް ކިޔައިދީ…! ”މިހެން ބުނުމަށްފަހު މާޝިތާ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރައިޒެލް ލަދުގަނެފައި ހުރިވަރުން ޝިގާ ރައިޒެލްގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

*********

”މަންމަ ކިޔާ އެއްޗެއްސާ އަޅާނުލާ އެނގޭ.. ރައި ރޭގަ ގެއަށް ނާންނާތީ މަންމަ މާބޮޑަށް ކަންބޮޑުވީ.. “ އެނދުގައި އިށީންނަމުން ޝިގާ ބުންޏެވެ.

”އަހަރެން އެކަމާ ހިތްބުރައެއް ނުކުރަން.. ބޮޑަށް ތިބޭ މީހުން އެއްޗެހިވެސް ކިޔާނެ.. “ ރައިޒެލް އޭނާގެ ފޯނާއި ކްލަޗް އެނދުމައްޗަށް އެއްލާލުމަށްފަހު އޮށޯވެލިއެވެ.

”ދެން ބުނެބަލަ!! ރޭގަ އެގޭގައި ނިދީ ކީއްވެ؟ ތިދެމީހުން އަނެއްކާ؟؟؟؟؟؟ “ ޝިގާ ބުނަން އުޅުނެވެ.

”ނޯ.. ނޯ.. ހަމަހޭގައި ހުރެގެން ކައިވެނީގެ ކުރިން އަހަރެން އެވަރުގެ ކަމެއް ނުކުރާނަން.. ޝިގްއަށް ޤަބޫލުވެސް ނުކުރެވޭނެ ކިޔައިދިނީމަ.. އެނގޭތަ މިފޫ އެއީ ކާކުކަން އަސްލު؟؟ “ ރައިޒެލް ބުންޏެވެ.

”އޯވްހޯ.. މިފޫ އޭ……….. “ ލާނެތް ގޮތަކަށް ޝިގާ ބުންޏެވެ.

”ހުމްމްމް މިފޫ… އެނގޭތަ؟   އެއީ އަހަރެންގެ ކްރޭޒީ ބޯއީ.. “ ރައިޒެލް އެހެން ބުނުމާއެކު ޝިގާ ސިހުނުވަރުން އަނގަ ތަންމިނަށް ހުޅުވުނެވެ.

”ދޮގުނުހަދަބަލަ… ހަމަހުވާތަ؟ “ ޤަބޫލު ނުކުރެވިގެން ޝިގާ އެހިއެވެ.

”އާނއެކޭ.. ހަނދާންވޭތަ އެއްކަލަ ރޭ ޕާޓީގައި އަހަރެންނަށް ލަވައެއް ހާއްސަ ކުރިއެއްނު.. “ ރައިޒެލް ބުންޏެވެ.

”ހޫމް.. ކޮންމެސް ތިޔަފަރި އެކޭތަ؟؟ “ ހަނދާންކުރަން މަސައްކަތް ކުރަމުން ޝިގާ އެހިއެވެ.

”އާނ.. އެލަވަ ރޭގަ މިފޫގެ އަޑުން އަހަރެންނަށް ކިޔައިދިނީ.. އަހަރެންވެސް ހުރީ މުޅިން ފްރީޒްވެފަ.. އަދި އެނގޭތަ؟ މިފޫގެ ކޮޓަރީގެ ތެރެއިން ވަދެވެން ހުންނަ އެހެން ކޮޓަރިއަކަށް ވެއްދީ.. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ކޮލެޖްގެ ދުވަސްވަރު ނަގާފައި ހުރި އަހަރެންގެ ފޮޓޯތައް.. އަހަރެން ގެއްލިގެން އުޅުނު ކެވެލިކޮޅުވެސް މިފޫ އަހަރެންގެ އަތުގައި އަޅުވައިދިނީ އެތަނުން… “ ރައިޒެލް އެހެން ބުނަމުން އޭނާގެ އަތުގައި އަޅުވާފައި އޮތް ކެވެލިކޮޅު ޝިގާއަށް ދައްކައިލިއެވެ.

”ވާއު ރައި!! ޔޯ ލަވް ސްޓޯރީ އިޒް ސޯ ޕާފެކެޓް… “ ހުވަފެނީ ގޮތަކަށް ޝިގާ އެހެންބުނި ހިނދު އޭނާގެ ހިތުގައި އިޔާދުގެ ސޫރަ ކުރެހިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެހިނދު ޝިގާއަށް އޭނާގޭ މޭގައި އަތް ޖައްސާލެވުނެވެ. އިޔާދުގެ ސޫރަ ފެނުނީ ކީއްވެބާއޭ ހިތަށް އެރިއެވެ.

”އަދިވެސް އަހަރެން އެބައޮތް ޝިގް ކައިރީ ވާހަކައެއް ކިޔައިދޭންވެފަ.. އެކަމަކު ދެން ފަހުން ދޯ.. އަންނާނަން ފެންވަރާލައިގެން.. މެންދުރުވުމުގެ ކުރިން ދާންވާނެ ދޯ ފިހާރައަށް.. މިރޭގެ ޕާޓީއަށް ދާން ރީތި ފައިވާނެއް ގަންނަން އެބަޖެހޭ.. “ ރައިޒެލް ވާހަކަ ދައްކަމުން ތުވާލި ހިފައިގެން ގޮސް ފާހާނާއަށްވަނެވެ. ވިސްނުމަކަށް ގެއްލިފައި ޝިގާ އެނދުގައި އޮތީއެވެ.

-ނުނިމޭ-

Tags: ވާހަކަފާޅުގާ ދިން އަނިޔައިގާ

ގުޅުންހުރި ލިޔުންތައް

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

ނޮވެމްބަރ 25, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ބަޔާޅީސް ވަނަ ބައި

ނޮވެމްބަރ 21, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – އެކާޅީސް ވަނަ ބައި

ނޮވެމްބަރ 16, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސާޅީސްވަނަ ބައި

ނޮވެމްބަރ 13, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޔާމީންގެ ދަރިކަލުންނަށް ބޮޑެތި އަނިޔާތަކެއްވެ، ސާޖަރީއެއް ހަދައިފި

    ޔާމީންގެ ދަރިކަލުންނަށް ބޮޑެތި އަނިޔާތަކެއްވެ، ސާޖަރީއެއް ހަދައިފި

    0 shares
    Share 0 Tweet 0
  • ”އޭމިޔޮތް މައިދާނާއެވެ! ތިބާއަށް ނޭނގެނީތޯ މިތަން ސާފްކުރަންޖެހޭކަމެއް“: ޕާޕާ

    0 shares
    Share 0 Tweet 0
  • ހުވާކުރިތާ 72 ގަނޑިއިރު ތެރޭ ރ.މުއީޒު ފެއިލްވެއްޖެ! ލޯޔަރ ނިޝާން

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In