ބޯކޮށް ވާރޭވެހި ހއ. ދިއްދޫ އާއި ހދ. ފިނޭގައި ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ދިއްދޫއާއި ފިނޭއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އިން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު އެލާޓު ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 8 ޖެހުމާ ހަމައަށެވެ.
މި އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.