މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންގައިފިއެވެ.
އެމްޕީއެލްއިން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލު ހާމަކޮށް 07 ދުވަހުގެ ތެރޭގައި އެ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ.
އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާމެދު ވަކިގޮތެއް ނިންމުމަށް ފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.
އެމްޕީއެލްއިން ބުނީ އެ މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ އެ ފަދަ މުދަލާމެދު ޢަމަލު ކުރުމަށް އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ.
އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށް ފަހު އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމުގައި ވެސް އެމްޕީއެލްއިން ބުނެއެވެ.