އިސްރާއީލާއި ފަލަސްތީނުގެ ހަމާސްޖަމާޢަތާމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ސްޓޭންޑް ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓިން ހާމަކުރައްވައިފިއެވެ.
ޕޫޓިން ވިދާޅުވީ ޣައްޒާގައި އިސްރާއީލާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިއާގެ މައިގަނޑު ވިސްނުމަކީ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުން ކަމަށެވެ.
ހަމަނުޖެހުން ތައް އިތުރަށް ހޫނުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ގޮވާލެއްވީ އެ މައްސަލަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ދެފަރާތުންވެސް މަޝްވަރާއަށް ދިއުމަށެވެ.
މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ ސިފައިންނާއި އިޒްރޭލުގެ 1،200 ސިފައިން ވަނީ މަރުވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުގެ އިތުރުން ހުރިހާ ފަރާތްތަކަކަށް ވެސް ބަލައިގަނެވޭނެ މަޝްވަރާގެ މަރުހަލާއެއް ހިންގުމުގެ މުހިންމުކަން ޕޫޓިން ފާހަގަކުރެއްވި އެވެ.
އެގޮތުން ޕޫޓިން ވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކުގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވުމަށް ޓަކައި އަސްކަރީ ފިޔަވަޅުތަކުގެ މައްޗަށް ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރަޝިޔާއިން ޔޫކްރެއިންގައި ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން އިސްރާއީލާ އެކު ގުޅުން ހީނަރުވެފައިވީ ނަމަވެސް، ތާރީޚީ ގޮތުން ފަލަސްތީނާއި އިސްރާއީލާ އެކު ރަޝިޔާއިން ވަނީ ރަހުމަތްތެރި ކަމުގެ ގުޅުން ތައް ދަމަހައްޓައިފަ އެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކުގައި ވަޒަންވެރިކުރުވުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، އެ މައްސަލައިގެ ނުތަނަވަސްކަން އޭނާ ވަނީ ޤަބޫލުކުރައްވާފައެވެ.
މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ދާދި ފަހުން ހަމާސް އަށް ދިން ހަމަލާއެއްގައި ހައްޔަރުކުރި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް ހަމާސްއާ އެކު މަޝްވަރާތައް ފަށައިފަ އެވެ. ހަމާސްއާ ތާރީޚީ ގުޅުމެއް އޮންނަ ތުރުކީން ދަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކަށް މެދުވެރިވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ.