ފަލަސްތީނުގެ ހައްގު ހޯދައިދިނުމަށް އަބަދުވެސް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ އިޒްރޭލުން 1967 ގެ ބޯޑަރުތައް ހުރި ގޮތަށް ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅައި އިޒްރޭލުން ފަލަސްޠީނު މިނިވަންކުރަންޖެހޭނެ ކަމަށެވެ. އަދި ނިޔާވެރިކަމާއކު ބޭރުކޮށްލި ރެފިއުޖީންނަށް އަނބުރާ އާދެވެންވާނެ ކަމަށާއި އެއީ ސުވާލު ވެސް އޮތްކަމެއް ނޫން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އެއީ ދިވެހިރާއްޖޭގެ ސްޓޭންޑް ކަމަށާއި އިސްލާމީ ގައުމުތަކުގެ ވެސް ސްޓޭންޑަކީ ވެސް އެއީ ކަމަށެވެ.
”އެކަމަށް ކުރެވޭ ކޮންމެ މަސައްކަތަކީ މިނިވަންކަމުގެ މަސައްކަތް. ދެން ހަމަ އޮފްކޯޒް އަޅުގަނޑުމެން އަބަދުވެސް އޮންނަ ގާތްގުޅުން ފަލަސްޠީނާ އެކީގަ ފަލަސްޠީނުގެ މި ހައްގު ހޯދުމުގަ އެމީހުންގެ ރައިޓް ޓު ރިޓާން ބެކް ޓު ދެއާ އޮން ލޭންޑް, ރައްޔިތުންގެ މިނިވަންކަމާއި ސޮވެރެންޓީގެ ހައްގު އެ ރައްޔިތުންނަށް ލިބޭނެ ގޮތް ވާން ހަމަ ބޭނުން ރާއްޖޭގެ ފަރާތުން.“
އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ފަލަސްޠީނުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 6000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.