މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހައްޔަރުކުރި 3 މީހުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 3 ދިވެހިންނެވެ. އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 35 އަހަރުގެ އަންހެން މީހާއާއި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ. އަދި 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ޖެހީ 5 ދުވަހެވެ.