ކ. ކާށިދޫއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ކާށިދޫއަށް 139 މިލިމީޓަރުގެ ވާރޭވަނީ ވެހިފައިވާ ކަމަށެވެ.
2 ވަނައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. ފާއިތުވި 24 ގަޑިއިރު ދިއްފުއްޓަށް ވަނީ 97.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު ވެސް މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖެއަށް މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.