ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ބާއްވާ ”ޕިންކް ރިބަން ރަން ވޯކް“ އަންނަ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.
އެ ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރ (ހުޅުމާލެ) އިން ކަމަށް ސީއެސްއެމް ބުނެވެ.
ސީއެސްއެމް ބުނީ އެ ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.