ބޮލީވުޑްއަކީ މިހާރު ކުރިއާ ވަރަށް ތަފާތު ތަނެއް ކަމަށް ސުނިލް ޝެޓީ ހާމަކޮށްފިއެވެ.
ސުނިލް ހާމަކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި ގިނަ ފިލްމުތައް ލިބެނީ ވަކި ބަޔަކަށް ކަމަށާއި އެކަކު އަނެކަކަށް ކުރާ ހަސަދައާއި ރުޅިވެރިކަން ވެސް މިހާރު އިންތިހާއަށް އޮންނަ ކަމަށެވެ.
ނަމަވެސް މީގެ ކުރިން މިތަނަކީ ވަރަށް އެކުވެރި ބަޔަކު އުޅުން ތަނެއް ކަމަށާއި އެގޮތުން އެކަކު އަނެކަކަށް ބޭނުމެއް ޖެހޭ ވަގުތު އެންމެންގެ ވެސް އެއްބާރުލުން ލިބޭ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިހާރު މި ދާއިރާގައި އެކުވެރިކަން ނޯންނަ ކަމަށާއި އެހީއަކަށް އެދުމުން ދިއްކޮލާނެ އަތެއް ނޯންނަ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެންމެން ވެސް އުޅެނީ އަމިއްލަ ފައިދާއަށް އަމިއްލަ ފިލްމަށް ކުރިއެރުން ލިބޭތޯ ކަމަށް ވެސް ސުނިލް ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން އެކުވެރި ފަންނާނުންގެ ފިލްމުތަކުގެ ޓިކެޓު ނުވިކިގެން އުޅޭ ކަމަށް ބުނުމާއި އެކު އެހެން ތަރިން ސަޕޯޓު ކުރުމަށް ސިނެމާތަކުން އެތައް ސީޓެއް ގަނެ އާއިލާއާއި ރައްޓެހިން އެކު ފިލްމު ބަލަން އަންނާނެ ކަމަށާއި ނަމަވެސް މިއަދު މިކަހަލަ މަންޒަރެއް ވެސް ނުފެންނަ ކަމަށް ސުނިލް ވަނީ ހާމަކޮށްފައެވެ.