ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ތަފާތު ރޯލުތަކުން ފެންނަން އާއްމުންގެ ގިނަ މީހުން ބޭނުން ނުވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ކަރީނާ ”ގޮއިބެބޯ“ އަށް ކުޅެފައިވާ އިސްތިހާރުގައި ކަރީނާގެ އެންމެ މަޝްހޫރު ރޯލުކަމަށްވާ ”ކަބީ ކުޝީ ކަބީ ގަމް“ގެ ”ޕޫ“ގެ ރޯލުގެ ޑައިލޮގުތައް ވަނީ ބޭނުންކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ސުވާލުކުރުމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އެ ރޯލަކީ ގިނަ މީހުންއަށް އެންމެ ކަމުދާ ރޯލު ކަމަށާއި ނަމަވެސް ހަގީގަތުގައި އޭނާ ބޭނުންވަނީ ތަފާތު އެކި ރޯލުތައް ކުޅެން ކަމަށް ކަރީނާ ވަނީ ހާމަކޮށްފައެވެ.
ަނަމަވެސް އާއްމުން އޭނާގެ ތަފާތު ރޯލުތައް ބަލައި ނުގަންނަ ކަމަށާއި އަބަދުވެސް އެންމެން ބޭނުންވަނީ ”ޕޫ“ގެ ރޯލާއި ”ޖަބްވީ މެޓް“އިން ފެނުން ”ޖީތް“ގެ ރޯލު ކަހަލަ ރޯލެއް ކުޅެން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ފެނިފައިވަނީ ނެޓްފިލިކްސް އިން ގެނެސްދިން ”ޖާނެ ޖާން“އިންނެވެ.