ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެ ޕާޓީން ވަކިވެވަޑައިގެންފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ މެންބަރު ޣަފޫރު ފޯމެއް ގައި ސޮއި ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވާ އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ކުރެއްވި ޕޯސްޓަކަށް އިޝާރަތް ކުރައްވައެވެ.
އެގޮތުން ޝިފާޒް ވަނީ ޣަފޫރު، ފޯމެއް ގައި ސޮއި ކުރައްވާ މަންޒަރު ފެންނަ ފޮޓޯއަކާ އެއް ހިއްސާކުރައްވާ އިންތިހާބީ ރައީސް ހުވާކޮށް ނިމޭއިރު އެމްޑީޕީގެ މިހާރު އޮތް ލީޑާޝިޕާއެކު ކިތައް މެމްބަރުން ތިބޭނެތޯ ސުވާލު ކުރައްވާ ޣަފޫރަށް މަރުހަބާ ވިދާޅުވެފައެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ފޮޓޯއިން ފެންނަނީ ޕީއެންސީގެ މެންބާޝިޕް ފޯމެއްގެ ހެކިވެރިޔާގެ ގޮޅީގައި ޣަފޫރު ސޮއި ކުރައްވަނިކޮށެވެ.
މިގޮތުން މިކަމަށް އިޝާރާތްކޮށް އެމްޑީޕީން ބުނީ ޣަފޫރަކީ ޕާޓީއަށް ވަފާތެރި މެންބަރެއް ކަމަށާއި ޣަފޫރު އެ ޕާޓީން ވަކިވެވަޑައިގެންފައި ނުވާ ކަމަށެވެ.