މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަޙީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިބުރޭ މިހެން ވިދާޅުވީ އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި މި އަދަދަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށްވާ 1063 އަށްވުރެ މާ ބޮޑަށް ވެސް މަދު އަދަދެއް ކަމަށް އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވުމާ ގުޅިގެންނެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 1063 ކަމަށް ފިރުޒުލް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓާ ހަވާލާދެއްވައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިބުރޭ ވިދާޅުވީ ރައީސް އޮފީހާއި މުލިއާގެއާއި ހިލާލީގޭގައި ހިމެނޭ މުވައްޒަފުން ނުހިމަނައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން ކަމަށެވެ.
Hus dhogu