މިއަދު ޝަރުޢީ ނިޒާމުގައި ތިއްބެވި ގިނަ ބޭފުޅުން ޚިދުމަތް ކުރަށް ވަނީ އިޚްލާސްތެރި ކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޣަފޫރު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށާއި، މިއަދު ޝަރުޢީ ނިޒާމުގައި ތިއްބެވި ގިނަ ބޭފުޅުން ޚިދުމަތް ކުރަށް ވަނީ އިޚްލާސްތެރި ކަމާއެކުގައި ކަމަށެވެ.
ހަމަ އެހެންމެ ޤާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ މަޖިލީހަށް ޝަރުޢީ ނިޒާމުގެ މައްޗަށް ބާރު ހިންގޭ ގޮތަށް ކަމަށް ޣަފޫރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތުން މަޖިލީހުގެ މެންބަރުން ޝަރުޢީ ނިޒާމަށް ފާޑުކިޔަންވީ ޢާއްމުތަންތަނުގައި ނޫން ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.
ޣަފޫރު ވަނީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި ކަންތައްތައް ހިނގަމުން އަންނަނީ ވަރަށް ދެރަކޮށް ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ ސަރުކާރުގައި ތިބޭއިރު ހުރިހާ ބާރެއް ބޭނުންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގައި ނެތްނަމަ އެބާރުތައް ދޫކޮށްލަން ގޮވާލާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޣަފޫރު ވަނީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
އެއގޮތަކަންވެސް އިހުލާސްތެރިއެއްނޫ އިހުލާސްތެރިނަމަ ވަކިމީހަކަން ވަކިގޮތެއްނުހަދާނެ ވާހަކަދައްކާާއިރުވެސް ހުންނަ ނީ.ސޯލިހަށްގޮސްވިކިފަހުންނަގޮތައް