ކުރިއަށް އޮތް 5 އަހަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާއެކު ތިބޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ބުނެފިއެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ޑރ.މުއިއްޒާ އެކީގައި އެމަނިކުފާނު އެދުނު ކޮންމެ ކަމެއް ކޮށްދީ މި ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި އެމްއެންޕީ ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ.
”އަޅުގަނޑު މުއިއްޒަށް ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސާބިތު ކަމަކަށް ބަދަލެއް ނައިސް އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް މި ޕާޓީން މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެ ފަދައިން ވިދާޅުވީ އެމްއެންޕީ އިން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.