ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފްގެ ކުރިއަށް އޮތް ފިލްމު ”ޓައިގާ 3“ އަކީ އޭނާ ކުޅުން އެންމެ އުނދަގޫ ފިލްމު ކަމަށް ކެޓްރީނާ ހާމަކޮށްފިއެވެ.
ކެޓްރީނާ މި ފަހުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ އޭނާގެ މުޅި ކެރިއަރުގައި ވެސް ކުޅުން އެންމެ އުނދަގޫ ފިލްމު ކަމަށާއި މި ފިލްމުގައި ބެލުންތެރިންއަށް ކެޓްރީނާގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ކަމަށެވެ.
މި ފިލްމުގެ އެކްޓިންއަށް ދޭތެރޭ ކެޓްރީނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ބެލުންތެރިން ގަޔާވާނެ ފިލްމަކަށް ވާނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށް ވެސް ކެޓްރީނާ ވަނީ ހާމަކޮށްފައެވެ. މި ފިލްމުގައި ކެޓްރީނާ އެކު ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ޙާން އެވެ.
ޔާޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއަށް ނިސްބަތްވާ މި ފިލްމުގެ ފުރަތަމަ ބައި ”އޭކް ތަ ޓައިގާ“ 2012 ވަނަ އަހަރު ގެނެސްދީފައިވާއިރު ދެވަނަ ބައި ”ޓައިގާ ޒިންދާހޭ“ ގެނެސްދީފައިވަނީ 2017 ވަނަ އަހަރުއެވެ.