މީހެއްގެ ކޭޝްކާޑު ވަގަށް ނަގައިގެން ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ހދ.މަކުނުދޫ ލުނބޯގަސްދޮށުގޭ އުމުރުން 23 އަހަރުގެ ޙުސައިން މަހީލްއެވެ.
ފުލުހުން ބުނީ އޭނާއާ އިތުރު ބަޔަކުވެގެން ގެއަކުން ވައްކަންކޮށް އަގުހުރި މުދަލާއި ބޭންކް ކާޑެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށްގެން އެކި ފިހާރަތަކުން ވިޔަފާރިކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާއަކީ މި ބާވަތުގެ ކުށުގެ ރެކޯޑް ގިނަ މީހެއް ކަމަށް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ 66 ފަހަރު ހައްޔަރުކޮށް 27 ފަހަރު ބަންދުކޮށްފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.