މެލޭޝިއާގެ އިމާރާތަކުން ވެއްޓި ދިވެއްސަކު ނިޔާވެއްޖެއެވެ.
މި ހާދިސާގެ މާބޮޑު ތަފްސީލެއް ލިބިފައި ނެތަސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރްގައި ހުރި އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާން ދިވެހި ފިރިހެނެކެވެ.
އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 14 ވަނަ ފްލޯއިންނެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާ އަކީ މެލޭޝިއާގައި ކިޔަވާ ދަރިވަރެކެވެ.