އިޒްރޭލާއި ޣައްޒާ ބޯޑަރު ކައިރީގައި ތިބި ސީއެންއެންގެ ނިކް ރޮބަޓްސަން އާއި އޭނާގެ ޓީމުން ވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ޣައްޒާގެ އެތެރޭގައި މެދުކެނޑުމެއްނެތި އެތައް ހަމަލާތަކެއްގެ އަޑު އިވޭ ކަމަށް ރިޕޯޓްކޮށްފައެވެ.
އަދި އިޒްރޭލު ސިފައިން ޖީޕްތަކުގައި ގިނަ އަދަދެއްގެ ސާމާނު ހިފައިގެން އަންނަތަން ވެސް އެ މީހުން ވަނީ ފާހަގަކޮށްފަ އެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކަށް ޒަޙަމް ވެގެން އަންނަ ބަލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ވިދާޅުވި އެވެ.
އޭނާ ސިފަކުރާ ގޮތުގައި މި އަނިޔާތަކަކީ ސީދާ އިސްރާއީލުން މީހުން ދިރިއުޅޭ ގެތަކަށާއި އިމާރާތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ.
ގުދުސް އާއި ތެލްއަވީވްގެ އެކި ކަންކޮޅުތަކުން އިވެނީ ސައިރަންގެ އަޑެވެ.
ޖެރޫސަލަމް އާއި ތެލްއަވީވްގައި ސައިރަން ތައް އެކްޓިވޭޓްކޮށްފައިވާއިރު، ބިންމަތީގައި ތިބި ސީއެންއެންގެ ޓީމުތަކުން ވަނީ ސައިރަންތަކާ ގުޅިގެން ގުދުސްގައި ސިލްސިލާ ބޫމްތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އިޒްރޭލު ސިފައިން ބުނަނީ އެގައުމުގެ ހެލިކޮޕްޓަރުތައް މިހާރު ލުބުނާނުގެ ސަރަހައްދަށް ހަމަލާދެމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ އެ މީހުންގެ ހެލިކޮޕްޓަރުތަކުން ލުބުނާނުގެ ސަރަހައްދަށް ހަމަލާތައް ދެމުން އަންނަ ކަމަށް އިތުރު ތަފްސީލެއް ނުދީ ރިޕޯޓްކޮށްފަ އެވެ.
މީގެ ކުރިން އައިޑީއެފް އިން ބުނެފައި ވަނީ ލުބުނާނުން އިސްރާއީލަށް އެތެރެވި ހަތިޔާރު އެޅި މީހުން މަރާލާފައިވާ ކަމަށާއި ސިފައިން އެ ސަރަހައްދު ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯސް އިން ލުބުނާން (ޔުނިފިލް) އިން ލުބުނާނުގެ ހުޅަނގު ދެކުނުގައި ގޮއްވާލި ބޮމުގެ ހަމަލާތައް ރިޕޯޓްކޮށްފައިވާއިރު، އިތުރަށް ހޫނުވިޔަ ނުދިނުމަށް ޓަކައި ޔޫނިފިލްގެ ކޯޑިނޭޝަން މެކޭނިޒަމްގެ ބޭނުން ހިފުމަށް ޕާޓީތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ލުބުނާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖެނެރަލް ޖޯސެފް އައުން ވަނީ ޔުނިފިލްގެ މޭޖާ ޖެނެރަލް އަރޯލްޑޯ ލަޒާރޯއާ ބައްދަލުކުރައްވައި ދެކުނު ބޯޑަރުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދާދި ފަހުން ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގެ ސަބަބުން ފްރާންސްގެ ދެވަނަ ރައްޔިތަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ފްރާންސްގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެ މަރުގެ ހިތާމައިގައި ހިތާމަފާޅުކޮށް، ގެއްލުނު ރައްޔިތުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، ފަރަންސޭސިވިލާތުން އިސްރާއީލަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، ރަހީނުކުރި މީހުންނާއި ޒަޚަމްވި އިސްރާއީލު މީހުންނާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް އަދި އެ މީހުން މަރުވި ގޮތުގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ބޯޑަރު ސަރަހައްދުގައި ދިން ހަމަލާތަކަށް ފަހު ސީއެންއެންގެ ނިކް ރޮބަޓްސަން އާއި އޭނާގެ ޓީމުން ސާވޭ ކުރަމުން ދަނިކޮށް ރޮކެޓްގެ ބާރުގަދަ އަލިފާނުގެ އަޑު އިވި، ކައިރީގައި ހުރި ވަޅުގަނޑެއްގައި ހިމާޔަތް ހޯދަމުން ދިޔަ އެވެ. ވޯޑް ވަނީ ޖެޓްތަކުގެ އަޑާއި އަޔަން ޑޯމް އިންޓަސެޕްޓިން ރޮކެޓްގެ އަޑު ހިމެނޭ ގޮތަށް ހާލަތާ ބެހޭ ގޮތުން ލައިވް އޮން އެއާ ރިޕޯޓްކޮށްފަ އެވެ.
އެމީހުން ތިބި ތަނަކީ ހަމާސްގެ ހަނގުރާމަވެރިން ބޯޑަރު ފާރު ފަޅާލައިފައިވާ ތަނެކެވެ. އަދި އެއީ ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ސްޑެރޯޓްއާ ވަރަށް ކައިރީގައި އޮތް ތަނެކެވެ.
ހަފުތާ ބަންދުގައި ހަމާސް ޖަމާއަތުން ދިން މި ކުއްލި ހަމަލާއަކާ ގުޅިގެން އެމެރިކާގެ ސްޓޮކްތައް މިދިޔަ ހޯމަ ދުވަހު ދަށަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މިއީ އިންފްލޭޝަނާއި ފެޑެރަލް ރިޒާވްގެ އިންޓްރެސްޓް ރޭޓް ބޮޑުކުރުމާ މެދު އިންވެސްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެކެވެ. އިޒްރޭލަކީ ތެޔޮ އުފައްދާ ބޮޑު ގައުމަކަށް ނުވި ނަމަވެސް މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލި، ބްރެންޓް ކްރޫޑް ފިއުޗާސް ފީފާއެއް 88 ޑޮލަރަށް ވަނީ އަރާފަ އެވެ.
މީގެ އިތުރުން އެކްސޮން މޮބިލް، އޮކްސިޑެންޓަލް ޕެޓްރޯލިއަމް އަދި ހެލިބާޓަން ފަދަ ތެލުގެ ސްޓޮކްތަކަށް ވެސް ވަނީ ކުރިއެރުމެއް ލިބިފަ އެވެ. ލޮކްހީޑް މާޓިން އާއި ނޯތުރޮޕް ގްރޫމަން ފަދަ ޑިފެންސް ސްޓޮކްތައް އުފުލި، ރަން ފަދަ އާދަޔާ ހިލާފު ސޭފް އެސެޓްތަކުގެ އަގު ތައް އުފުލި، ޓްރޯއީ އައުންސެއް 1،850.20 ޑޮލަރަށް ވަނީ އަރާފަ އެވެ.