އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަން ކުރުމާމެދު އާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މަޖިލީހުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.
ޝަކުވާ ހުށަހަޅަންޖެހެނީ ޝަކުވާ ހުށަަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ފޯނު ނަމްބަރު އެނގޭ އީމެއިލް އަކުންނެވެ.
ނަޝާތު އަކީ މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަންގައި މެންބަރުކަން ކުރެއްވި ބޭފުޅެއް ނަމަވެސް އޭނާގެ ދައުރު ހަމަވީ ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށް މިދިޔަ ޖުލައި 25 ވަނަ ދުވަހުއެވެ.
އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިިކަމުގައެވެ.