އިންޑިއާގެ އިޤްތިޞާދީ ދުވެލި މިދިޔަ ކުއާޓަރުގައި 23.9 އިންސައްތަ މަޑުޖެހިފައިވާކަމަށް އެ ޤައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންޑިއާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި 23.9 އިންސައްތަ މަޑުޖެހިފައިވާއިރު، މިއީ 1996 ވަނަ އަހަރު އިންޑިއާއިން ކުއާޓްލީ ރިޕޯޓްތައް ނެރެން ފެށިފަހުން އިޤްތިޞާދީ ދުވެލި މިހާ ބޮޑަށް މަޑުޖެހުނު ފުރަތަމަ ފަހަރެވެ.
ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ އިޤްތިޞާދު ބޮޑުތަނުން އަޑި އަޅާލާފައި ވާއިރު ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ އިންޑަސްޓްރިއަލް އަދި މެނުފެކްޗަރިންގެ ސިނާއަތް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.
އިޤްތިޞާދީ މާހިރުން ބުނާގޮތުގައި އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ އިންޑިއާގެ އިޤްތިޞާދަށެވެ.
އިންޑިއާ ސަރުކާރުން އިޤްތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމުން އަރައިގަތުމަށް 266 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖްގެ ލޯނުތައް ފަސްކުރުމަށާއި ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ދަނީ އެހީތެރިވަމުންނެވެ.