ސަޢުދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އަދި އެމެރިކާގެ ސީނިޔަރ އެޑްވައިޒަރ ޖޭރާޑް ކުޝްނަރއާއި ބައްދަލުކުރައްވައިފިއެވެ.
ޖެރާޑް މެދު އިރުމައްޗަށް ކުރަމުން އަންނަ މި ދަތުރުގައި، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލު ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޖެރާޑް އޭނާ ގެ މި ދަތުރު މުޅިންހެއް ޚާއްސަކޮށްފައިވަނީ މެދު އިރު މަތީގެ ޤައުމުތަކާއި އެމެރިކާގެ ގުޅުން އިތުރައް ރަނގަޅު ކުރުމަށެވެ. އެ ގޮތުން، މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ފުރަތަމަ ޤައުމު އެމެރިކާ މެދުވެރިއަކަށް ވެގެން ވަނީ އިޒްރާއީލްއާއި އެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައެވެ.
މި ދެ ބޭފުޅުންގެ ބައްދަލުވުމުގައި އަންގާރަދުވަހު ބޮޑަށް ދެކެވިފައިވަނީ، މެދު އިރުމަތީގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި، އިޒްރާއީލް އަދި ފަލަޞްޠީންއާއި ދެމެދު ގުޅުން ބަދަހި ކޮށް ވާހަކަތައް ކުރިއަށް ގެންދިޔުމަށެވެ.
ސަޢުދީއިންވަނީ މީގެ ކުރިން އިޒްރާއީލާއި ދެމެދު ސިޔާސީ ގުޅުން ދަމަހައްޓާނީ ފަލަޞްޠީންއަށް ހަމަޖެހުމާއި ސުލްހަވެރިކަން އައީމައިކަމަށް ބުނެފައެވެ.