ކޯވިޑް 19 އާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ މީހުންނަށް ދައުލަތުން ދޭ އިނާޔަތުގެ ތެރެއިން، ފުލުހުންނާއި ސިފައިންނަށް އެލެވެންސްގެ ގޮތުގައި 80 މިލިއަން ރުފިޔާ އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކޯވިޑް 19 އާއި ދެކޮޅަށް މަސައްކަތް ކުރާ ގިނަ ބަޔަކަށް މިހާރު ވަނީ އިނާޔަތުގެ ފައިސާ ދީފައެވެ. މިހާތަނަށް އިނާޔަތުގެ ފައިސާ ނުދީ ތިބީ ހަމައެކަނި ފުލުހުންނާއި ސިފައިންނެވެ.
މިހާރު ސަރުކާރުން ދޫކުރަމުން ދަނީ ރާއްޖެއިން ކޮވިޑް-19 ފެނުނު ދުވަސްކަމުގައިވާ މާރޗް ހަތް ވަނަ ދުވަހުން ފެށިގެން ޖުލައި 15 ވަނަ ދުވަހާއި ހަމައަަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ދޫކުރަން ޖެހޭ ފައިސާއެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ޝަރުވަޝް އާދަމް ވިދާޅުވީ، އެމްއެންޑީއެފް އާއި ފުލުހުންނަށް އެލެވެންސް އަދި ދޫކުރެވިފައި ނުވަނީ، ފުރަަތަމަ ހެދި އުސޫލަށް ކޮންމެވެސް ވަރެއްގެ ކްލެރިފިކޭޝަންއެއް ގެންނަން ޖެހުމުން ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޝަރުވަޝް ފާަހަގަކުރެއްވި އެވެ.
ފިނޭންސް މިނިސްޓްރީ އަށް މިހާރު ލިބިފައި ހުރި ޑާޓާތަަކަށް ބަލާއިރު، 3017 ފުލުހުންނާއި، 3246 ސިފައިންނާއި ފްރޮންޓްލައިން އެލަވެންސް ލިބޭނެ އެވެ. މިއީ ކުރީގެ އުސޫލުގެ ތެރޭގައި ހިމެނޭ ޑޭޓާތަކެވެ.