ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާއި ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ އުސޫލަށް އަމަލުކުރުމަށް އަންގައި ނެރުނު ބަޔާނެއްގައި ވަނީ އެ އުސޫލު އެކުލަވާލައިފައި ވަނީ ޑިރެކްޓަރުން ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީވަނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތްކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެކަމުގައި އަމަލުކުރެވޭނެ އިޖްރާއަތްތައް ކަނޑައެޅުމަށް ކަމަށެވެ.
އެ އުސޫލުގެ ދަށުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާ ނަމަ ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބިގެންވާ އިރު ކާކުކަން ނޭނގޭ ގޮތަށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހެއެވެ.
ޑިރެކްޓަރަކު ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ 7 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާމެދު ގޮތެއް ނިންމައި 3 ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހެއެވެ.
ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމިޔަސް 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް ވެސއ އުސޫލުގައިވެއެެވެ.