އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައިދާ ޢަބްދުލްޙަކީމް މިއަދު ހާމަކުރައްވައިފިއެވެ.
ގދ.މަޑަވެލި/ހަނީކޯމް އާއިދާ މިކަން ހާމަކުރެއްވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އާއިދާ ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވައި ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވައިދިނުމަށާއި, ޕޮލިސީ ލެވެލްގައި އަންހެނުންގެ ބައިވެރިވުން އޮތުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި އަންހެނުންގެ އަޑު އުފުއްލެވުމަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
އެހެންކަމުން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށް އާއިދާ ވިދާޅުވިއެވެ.
“މިކަމުގައި ތިޔަ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވައި ތާއީދު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.“
އާއިދާއަކީ ރާއްޖޭގެ އެކި ނޫސްތަކުގައި މަސައްކަތް ކުރައްވާފައިވާ ނޫސްވެރިއެކެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ “ދިޔަރެސް“ ނޫހުގައެވެ.
އާއިދާ ގާތްގަޑަކަށް ކަލޭ. ތިހިރީ. ހޮވިފަކަމައްބަލާ