ރާއްޖޭގެ ގައުމީ އިމްތިހާން އެޗްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އެޗްއެސްސީ އިމްތިހާން ރާއްޖޭގެ 45 ސެންޓަރެއްގައި ކުރިއަށްދާ ކަމަށެވެ.
ދިވެހި މާއްދާ 1,363 ދަރިވަރުން އަދި އިސްލާމް މާއްދާ 1،333 ދަރިވަރުން ހަދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އެޑެކްސެލް އައިއޭއެލް އިމްތިހާން 44 ސެންޓަރެއްގައި ކުރިއަށްދާ ކަމަށާއި އެ އިމްތިހާނުގައި 3،268 ދަރިވަރުން ބައިވެރިވެއެވެ.
އޭ ލެވެލްގައި 1،465 ދަރިވަރުން ބައިވެރިވާ އިރު އޭއެސްގައި ބައިވެރިވަނީ 1،815 ދަރިވަރެކެވެ.
މިއަދު ފެށި އެޗްއެސްސީ އިމްތިހާން މި މަހުގެ 8 ވަނަ ދުވަހު ނިމޭ އިރު އެޑެކްސެލް އޭލެވެލް އިމްތިހާން ފަށާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.