ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާރޭ އިއުލާނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން މާދަމާރޭ 20:30 ގައި އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގައި ބާއްވާ ގޮތަށް އީސީން މިއަދު ނިންމާފައިިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވިރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ޑރ.މުޙައްމަދުު މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 129,159 ވޯޓާއެކުއެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 109,868 ވޯޓެވެ.
ދެވަނަ ބުރުގައި 282,804 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބުނުއިރު ވޯޓު ލާފައިވަނީ 246,915 (%87.31) މީހުންނެވެ. ސައްހަ ވޯޓުގެ އަދަދަކީ 239,027 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 7888 އެވެ.